އުދައެރުން އަހަރުން އަހަރަށް އިތުރުވެއްޖެ، ގިނައިން އުދައަރަނީ ރާއްޖެއާ ދުރުން އަންނަ ބާނިން

ސަން

9 ޖޫން 2025 | ހޯމަ | 3:13

ރާއްޖެއަށް އުދައެރުން އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށާއި ގިނައިން އުދައަރަނީ ރާއްޖެއިން ބޭރުން އަންނަ ބާނީގެ ސަބަބުން ކަމަށް މެޓް އޮފީހުން މިއަދު ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ރާއްޖެއަށް އުދަ އަރަނީ ދެ ގޮތަކަށް ކަމަށެވެ. އެއީ، ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށާއި އިންޑިއާ ކަނޑުން ރައްޖެއާ ދުރު ހިސާބުތަކުން އަންނަ ބާނީގެ ސަބަބުން ކަމަށެވެ. ބާނީގެ ސަބަބުން އުދަ އަރަނީ ބާނީގެ ވޭވް ޕީރިއަޑް މަތިވެ، އިތުރު ގިނަ ކަންކަމެއް އޭގައި އެކުލެވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަހަރުން އަހަރަށް އުދަ އެރުމުގެ ހާދިސާތައް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ކަމަށް ސަމާލުކަން ދިނުމަށް ވަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

މައުޟޫޢުތަށް