ދިވެހިބަސް އޮތީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތުގައި: މިނިސްޓަރު
ސަން
9 ޖޫން 2025 | ހޯމަ | 4:18
ދިވެހިބަސް އޮތީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތުގައި ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އުމުރުން 12 ވަރަކަށް އަހަރުގެ ކުދިންނަށް ދިވެހިން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އެގޮތުން، ހަގީގަތަކީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތުގައި ދިވެހިބަސް އޮތުމުން އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ މަސައްކަތް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމެއް ގޮތުން އާދަމް ނަސީރު ފާހަގަކުރެއްވީ، ބަހަކީ ގައުމެއް ދެމިއޮތުމަށް ހުރިހާ ދަރަޖައެއްގައި މުހިންމު އެއްޗެއްކަން ބޮޑެތި މީހުންނަށް ވިސްނައިދީގެން ކަމަށެވެ.