އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރު ފަށަނީ

ސަން

9 ޖޫން 2025 | ހޯމަ | 4:50

އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އާދަމް ނަސީރު ވިދާޅުވީ، އެ މިއުޒަމް ފެށުމަށް ބޭނުންވާ ކަރުދާހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އެގޮތުން، އެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރު ވަނީ، މި ދައުރުގެ ތެރޭގައި ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީން ހާސިލުކުރަން ބޭނުންވާ ނަތީޖާ ކިޔައިދެއްވާފައެވެ.

މައުޟޫޢުތަށް