އަންހެނުންގެ ހައްގުތަކަށް ހޭލުންތެރިކުރުވާނެ ޒުވާނުން ހޯދަން ޕްރޮގްރާމެއް ފަށަނީ

ސަން

9 ޖޫން 2025 | ހޯމަ | 6:55

އަންހެނުންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވާނެ ޒުވާނުން ހޯދުމަށް، ''ޕިއާ އެޑިއުކޭޓާސް ޕްރޮގްރާމް''އެއް ހިންގަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލިީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ހައްގުތަކާ ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމަށް، އެ މިނިސްޓްރީ ކުރާ މަސައްކަތުގެ އިތުރުން، އެކަމުގައި ޒުވާނުން ޝާމިލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން ރާއްޖޭގެ ފަސް އަތޮޅެއްގައި، ޕިއާ އެޑިއުކޭޓާސް ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މައުޟޫޢުތަށް