ފަނޑިޔާރުންގެ މިނިވަންކަން ނެތް ކަމަށް ބެލެވޭނަމަ، އިންވެސްޓްމެންޓް ވެސް ހުއްޓިދާނެ: އައިބީއޭއެޗްއާރްއައި

ސަން

9 ޖޫން 2025 | ހޯމަ | 9:32

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކި ކުރީ ރާއްޖޭގެއާއި ބައިނަލްއަގުވާމީ އުސޫލަތަކާ ޚިލާފަށް ކަމަށްބުނެ، އެ ކަން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިއުމަން ރައިޓްސް އިންސްޓިޓިއުޓް (އައިބީއޭއެޗްއާރްއައި)އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސުޕްރީމް ކޯޓުން ތިން ގޮނޑި ހުސްވީ، ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވުމުންނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.

މަޖިލީހުން އަޒްމިރަލްދާއާއި މަހާޒު ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

މައުޟޫޢުތަށް