ސަރުކާރުން އދ.އަށް: ފަނޑިޔާރުން ވަކިކުރީ ޖަވާބުދާރީ ކުރުވަން، ސުޕްރީމް ކޯޓެއް ނުހުއްޓޭ
ސަން
9 ޖޫން 2025 | ހޯމަ | 10:57
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވަން ކަމަށާއި، އޭގެ ސަބަބުން ކޯޓު ހުއްޓުމަކަށް ނާންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އޭގެ ތެރެއިން ސުއޫދު އިސްތިއުފާދެއްވިއިރު، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި ދެ ބޭފުޅުން މަގާމުން ވަކިކުރަން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފާސްކުރިއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމިއެވެ. އަދި މިދިޔަ މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފިއެވެ.