'ދަރަވަންދޫ މަގޭ އީދު 1446' ނިންމާލީ ރައްޔިތުންގެ ބާބަކިއުއާއި ޒުވާނުންގެ ބޮޑުބެރުން
ސަން
9 ޖޫން 2025 | ހޯމަ | 11:34
ރައްޔިތުންގެ ބާބަކިއުއާއި ޒުވާނުންގެ ބޮޑުބެރު ހަރަކާތްތަކާއެކު މިރޭ، ބ. ދަރަވަންދޫގައި 'މަގޭ އީދު 1446'ގެ ކުޅިވަރުތައް ނިންމާލައިފިއެވެ.
މިރޭ ކުރިއަށް ގެންދިޔަ އަޟްހާ އީދުގެ އެންމެ ފަހު ޝޯ ނިންމާލާފައިވަނީ ދަރަވަންދޫ ޒުވާނުންގެ ބޮޑުބެރާއި ކަނބަލުންގެ ލަނގިރީގެ ހަރަކާތްތަކުގެ އިތުރުން ކުރުފަލީގެ ހަރަކާތްތަކާ އެކުގައެވެ.
އިހުގެ ސަގާފަތް ދައްކުވައިދޭ ކުރުފަލީގެ ހަރަކާތްތައް ދަރަވަންދޫ ކަނބަލުން ކޮންމެ އަހަރަކު ވެސް ބާއްވައެވެ.