އެއް މަހުގެ ހުކުމެއް އަންނަ ދައުވާއެއް ރައުދުގެ މައްޗަށް ކޮށްފި
ސަން
10 ޖޫން 2025 | އަންގާރަ | 9:51
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، އެއް މަހުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއްކޮށްފިއެވެ.
ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 23ގައެވެ.
އޭގެފަހުން މިއަދު ޕީޖީން ބުނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.