ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ގްލޯބަލް އެމްބެސަޑަރަކަށް ކެޓްރީނާ
ސަން
10 ޖޫން 2025 | އަންގާރަ | 11:31
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ، ކެޓްރީނާ އެކު މަސައްކަތްކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމުކަމާއި ދިރުންތައް ބޭރުގެ ފަތުރުވެރިންނަށް އިޝްތިހާރުކޮށް، އެ ތަޖުރިބާތައް ހޯދުމަށް ހިތްވަރު ދިނުމަށް ކަމަށެވެ.
ކެޓްރީނާއަކީ ބޮލީވުޑްގެ ބޮލްކްބަސްތާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެއް ކަމަށްވާއިރު، ވިޔަފާރީގައި ވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، ކެޓްރީނާއަށް ވަނީ އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ވެސް ލިބިފައެވެ.