މާލޭ ސަރަހައްދުން މިދިޔަ އަހަރު އުކައިލި ދެލައްކަ ޓަނުގެ ކުނީގެ ތެރެއިން 922 ޓަނަކީ ޕްލާސްޓިކް

ސަން

10 ޖޫން 2025 | އަންގާރަ | 12:31

މާލޭ ސަރަހައްދުން އެކަނި ވެސް މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި އުކައިލައިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައި، މި މަހުގެ ފަސްވަނަ ދުވަހު އެ ބިއުރޯއިން، ވެމްކޯއާ ހަވާލާދީ އާންމުކުރި ތަފާސް ހިސާބުގައި ވަނީ މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކު ކުނި މާލެ ސަރަހައްދުން އުކައިލި ކަމަށެވެ.

އެންމެ ގިނައިން ޕްލާސްޓިކު ކުނި އުކައިލީ، މިދިޔަ އަހަރުގެ ޖުލައި، އޯގަސްޓު، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހެވެ.

މައުޟޫޢުތަށް