ރާއްޖެއިން ގޮވާލީ ގައުމުތަކުގެ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް
ސަން
10 ޖޫން 2025 | އަންގާރަ | 2:21
ރާއްޖެ ފަދަ ގައުމުތަކުގެ މަސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގައި ރާއްޖޭން ގޮވާލައިފިއެވެ.
އެ ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރެއްވީ ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފެވެ.
އެ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖެ ފަދަ ގައުމުތަކުގެ މަސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާއި މަސްވެރިކަމުގެ ބާޒާރަށް ވަނުމަށް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ވަކާލާތުކުރައްވާފައެވެ.