ކަނޑާގުޅޭ ކަންކަން ނިންމަންވާނީ ކަނޑަށް ބަރޯސާވާ ގައުމުތަކުގެ އަޑުއަހައިގެން: ޝިޔާމް

ސަން

11 ޖޫން 2025 | ބުދަ | 12:36

ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބަސް ހިމެނެން ޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ އދ.ގެ އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޝިޔާމް ވިދާޅުވީ ކަނޑުގެ މުސްތަގުބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ގައުމުތައް ނުރައްކަލާ ކުރިމަތިލާންޖެހުނަސް, އެ ނުރައްކަލުން އަރައިގަތުމަށް އެންމެ ކުރީސަފުގައި ރާއްޖެއިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ޝިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް