ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަނީ
ސަން
11 ޖޫން 2025 | ބުދަ | 11:44
މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޝެއިޚް ފަރީދު މަސައްކަތްކުރެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ނިންމައިފިއެވެ.
ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ ހޯމަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެއާއެކު، ޚިދުމަތް ޖަމިއްޔާއިން އިއްޔެކުރި ޕޯސްޓެއްގައިވަނީ ޝެއިޚް ފަރީދުގެ ފަރާތްޕުޅުން އިސްލާމްދީނަށް ކޮށްދެއްވި ޚިދުމަތަކީ "ދުލާއި ގަލަމުން ކިޔައިިދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެއް" ކަމަށެވެ.