ފުލުހުންނާއި ސިފައިން ގުޅިގެން ދޭ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކުރައްވައިފި

ސަން

11 ޖޫން 2025 | ބުދަ | 2:30

ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ބައްދަލުކުރައްވައި، ފުލުހުންނާއި ސިފައިން ގުޅިގެން ދޭ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކުރައްވައިފިއެވެ.

ފުލުހުން ބުނީ، ނަވީނާއި ހިލްމީ ބައްދަލުކުރެއްވީ ސިފައިންގެ މައި މަރުކަޒުގައި ކަމަށެވެ.

އެ ބައްދަލުވުމަކީ ޕޮލިސް ކޮމިޝަނަރުގެ މަގާމާ ނަވީން އަލަށް ހަވާލުވެ ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފު ވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މައުޟޫޢުތަށް