ޝާރްޖާ އިންޓަނޭޝަނަލް ނެރޭޓާ ފޯރަމްގެ ގެސްޓް އޮފް އޮނާގެ ދައުވަތު ރާއްޖެއަށް
ސަން
11 ޖޫން 2025 | ބުދަ | 11:27
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރްޖާ އިންޓަނޭޝަނަލް ނެރޭޓާ ފޯރަމްގެ 25ވަނަ އެޑިޝަނުގެ ގެސްޓް އޮފް އޮނާ ގައުމަށް ރާއްޖެ ވުމުގެ ދައުވަތު، ޝާރްޖާ އިންސްޓިޓިއުޓް ފޯ ހެރިޓޭޖްގެ ޗެއާމަން ޑރ. ޢަބްދުލްއަޒީޒް އަލްމުސައްލަމް ރާއްޖެއަށް ދެއްވައިފިއެވެ.
ޝާރްޖާ އިންޓަނޭޝަނަލް ނެރޭޓާ ފޯރަމަކީ ސަގާފީ މަޝްވަރާތައް ކުރުމަށް ގިނަ ގައުމުތަކަކުން ބައިވެރިވާ ފޯރަމެކެވެ.
މި ދައުވަތު ރާއްޖެއަށް ދެއްވީ، އިއްޔެ ރާއްޖޭން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު)އާއެކު އަލްމުސައްލަމް ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.