ޚާރިޖީ ސިޔާސަތު ރަނގަޅު، ސިޔާސަތު ގޯސްކުރުން އިންސާފުވެރިއެއް ނޫން: ވަހީދު
ސަން
11 ޖޫން 2025 | ބުދަ | 11:43
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅު ކަމަށާއި، އެ ސިޔާސަތު ގޯސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް މި ސަރުކާރުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ވަހީދު އައްޔަން ކުރެއްވީ މިދިޔަ މެއިމަހުގެ 26ގައެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގައުމެއްގެ ޚާރިޖީ ސިޔާސަތަކީ ސަރުކާރެއް ބަދަލުވާއިރަށް މުޅިން ބަދަލުވެގެންދާ އެއްޗެއް ނޫން ކަމަށެވެ. ޚާރިޖީ ސިޔާސަތެއްގައި، ކުރީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް ވަހީދު ވިދާޅުވިއެވެ.