ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައެއް ނުލަން، ވަކިކުރީ މަސައްކަތެއް ނެތް މުވައްޒަފުން: ފެނަކަ
ސަން
12 ޖޫން 2025 | ބުރާސްފަތި | 12:30
ހއ. ހޯރަފުށީގައި ފެނަކައިން ތަރައްގީކުރާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައި ނުލާކަމަށާއި، ވަޒީފާއިން ވަކިކުރީ މަސައްކަތެއް ނެތް މުވައްޒަފުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް އަޅަނީ، އެ ރަށު ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިންޑިއާއިން ދީފައިވާ ހިލޭ އެހީއަކާ ވެސް އެކުގައެވެ.
އެ މަޝްރޫއު ހުއްޓިފައިވާތީއާއި، އެ ޕްލާންޓަށް ނަގާފައި ތިބި މުވައްޒަފުން ވަކި ކުރުމުން، ހޯރަފުށީ ކައުންސިލުންވަނީ ފެނަކައާ ދެކޮޅަށް ކޯޓަށް ދާން ނިންމައިފައެވެ.