ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް، އެ ދައުރު ނިމިއްޖެ: ވަހީދު

ސަން

12 ޖޫން 2025 | ބުރާސްފަތި | 12:35

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ދައުރު ނިމިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި އުންމީދަކީ ކުރިއަށް ހުރި ސަރުކާރުތަކަށް ވެދެވެނު އެހީތެރިކަމެއްވުން ކަމަށެވެ.

ރައީސް މުއިއްޒުގެ ޚާއްސަ މުޝީރުގެ މަގާމަށް ރައީސް ވަހީދު އައްޔަންކުރެއްވީ މިދިޔަ މަހުގެ 26ގައެވެ.

މައުޟޫޢުތަށް