ސިޔާސީ މަސައްކަތް ކުރަންވާނީ ގައުމުގެ މަންފާއަށް، ސަރުކާރު ބަލިކުރާކަށް ނޫން: ވަހީދު

ސަން

12 ޖޫން 2025 | ބުރާސްފަތި | 4:05

ސިޔާސީ މަސައްކަތް ކުރަން ވާނީ ގައުމުގެ މަންފާއަށް ކަމަށާއި ސަރުކާރު ބަލިކުރަން ނޫން ކަމަށް ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ކުރީގެ ރައީސް ވަހީދު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެކި ދުވަސްވަރަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެ ފަދަ ދަނޑިވަޅުތަކުގައި އެންމެން 'އެކަތިގަނޑަކަށް' ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ ކަހަލަ ދަނޑިވަޅުތަކުގައި ބައިބައިވުމުން މަންފާ ނަގާނީ ބޭރުގެ ފަރާތްތަކުން ކަމަށް ވަހީދު ވިދާޅުވިއެވެ.

އެ ގޮތުން، އެ މީހުން މަސައްކަތްކުރާނީ ރާއްޖޭގައި ތަފާތު އުފައްދައި، އެ ކަމުން ނާޖާއިޒު ފައިދާއެއް ހޯދުމަށް ކަމަށް ވަހީދު ގަބޫލުކުރައްވައެވެ.

މައުޟޫޢުތަށް