އިސްލާހީ ފިޔަވަޅުތަކާއެކު، އުފެއްދުންތެރިކަން އިތުރުވެ، ދަރަނި ދަށަށް ދާން މަގުފަހިވާނެ: ފިނޭންސް
ސަން
12 ޖޫން 2025 | ބުރާސްފަތި | 7:59
ސަރުކާރުން އަޅާފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެއްކޮށް، އުފެއްދުންތެރިކަން އިތުރުވާނެ ކަމަށާއި މެދުރާސްތާގެ ދަރަނީގެ ސްޓެރެޓެޖީގެ ދަށުން ދަރަނި ދަށަށް ދިޔުމަށް މަގުފަހިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދަރަނި ނުދެެއްކިދާނެ ކަމުގެ ބިރުބޮޑުކަން ފާހަގަކޮށް، އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިން ދަމަހައްޓާފައެވެ.
'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެއް ކަމަށްވާއިރު، ފިޗުން ވަނީ މިދިޔަ އޮގަސްޓު 27ގައި ދިން 'ސީސީ' ރޭޓިން ރިވިއުކޮށް، ރޭޓިން ދަމަހައްޓާފައެވެ.