އެއާ އިންޑިއާގެ ބޯޓު ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި
ސަން
12 ޖޫން 2025 | ބުރާސްފަތި | 4:25
ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓުމާ ގުޅިެގން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާމަފާޅުކުރައްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއީ ހިތްދަތި ވަގުތެއް ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާއާ އެކުގައި ކަމަށް އެ ޕޯސްޓުގައި ވެއެވެ.
މި ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.