ވެއްޓުނު މަތިންދާ ބޯޓުގައި ދިވެއްސަކު ނެތް، ގިނައީ އިންޑިއާ، އިނގިރޭސިވިލާތު މީހުން
ސަން
12 ޖޫން 2025 | ބުރާސްފަތި | 5:33
ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓުގައި ދިވެއްސަކު ނެތްކަން މިހާތަނަށް ލިބުނު މައުލޫމާތުން ކަށަވަރުކުރެވިއްޖެއެވެ.
މި ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.
އެއާ އިންޑިއާއިން މައުލޫމާތު ދޭ ގޮތުގައި، އެ ބޯޓުގައި ދަތުރުކުރީ 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގީޒު ހަތް މީހަކާއި، ކެނެޑާގެ ރައްޔިތެކެވެ.