މަޖީދީ މަގުގައި ޕާކުކުރާނަމަ ޓޯކުރަނީ، މިއަދު އެކަނި ވެސް 42 އުޅަނދު ޓޯކުރި
ސަން
12 ޖޫން 2025 | ބުރާސްފަތި | 11:04
މާލޭ މަޖިލީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު އެކަނި ވެސް 42 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓެއްގައިވަނީ، މަޖީދީ މަގުގައި ޕާކުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގޮތުން މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެ ކަމަށާއި، އެ އުޅަނދެއް ލިބޭނީ 48 ގަޑިއިރަށް ފަހު ކަމަށް ބުނެފައިވެއެވެ.
ފުލުހުން "ސަން"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ޖުމްލަ 42 ވެހިކަލެއް މިއަދު އެކަނި ވެސްވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 37 އުޅަނދާއި ހަތަރު ފޮރުޅުލީ ފަސް އުޅަނދެވެ.