އެމްޓީސީސީއާއި ފެނަކައަށް މަޝްރޫއުތަކެއް ނުހިންގޭނެ، އެ ކެޕޭސިޓީއެއް ނެތް: ޔާމީން
ސަން
13 ޖޫން 2025 | ހުކުރު | 11:09
ސަރުކާރުގެ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނުގައި ވެސް މިހާރު ހަވާލުކުރާ ހުރިހާ މަޝްރޫއެއް ހިންގޭވަރުގެ ހަކަތައެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް މިހާރު ހަވާލުކުރަނީ މި ތިން ކުންފުންޏާއެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެކަމަކު، އެ ކުންފުނިތަކާ އެކަނި މަޝްރޫއުތައް ހަވާލުކުރުމުން އެކަން ކުރެވޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.