އީރާނަށް ދިން ހަމަލާ ކުށްވެރިކުރައްވައި، ހަމަނުޖެހުންތައް ހުއްޓުވަން ރައީސް ގޮވާލައްވައިފި
ސަން
13 ޖޫން 2025 | ހުކުރު | 3:23
އިރާނަށް އިސްރާއިލުން ދިން ހަމަލާ ކުށްވެރިކުރައްވައި، ދެ ގައުމުގެ ދެމެދު ހިނގާ ހަމަނުޖެހުންތައް އިތުރުވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިސްރާއިލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ރޭ ދަންވަރެވެ.
އިސްރާއިލްގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އީރާނަށް ދިން ހަމަލާތަކުގައި 200 ފަޔާ ޖެޓުން ގާތްގަނޑަށް 100 އަމާޒަށް ހަމަލާދީފައިވާނެ ކަމަށެވެ.