ދަރަވަންދޫގައި ސަރުކާރުގެ މަޝްރޫތައް ހުއްޓިފައި، ނިމިފައި އޮތް ނަރުދަމާ ވެސް ނުގުޅި ދެ އަހަރު!
ސަން
13 ޖޫން 2025 | ހުކުރު | 8:36
ބ. ދަރަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫތައް ހުއްޓިފައިވާ ކަމަށާއި މަސައްކަތް ނިމިފައިވާ ނަރުދަމާ ވެސް ނުގުޅި ދެ އަހަރު ވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.
'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ ނަރުދަމާއަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ އެ ރަށުގައި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތެއް ކަމަށާއި ވަރަށް ގިނަ ފައިސާ އެ ކަމަކަށް ޓަކައި ހޭދަކުރާ ކަމެއް ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާކަން ފާހަގަކޮށް ސަމީހު ވިދާޅުވީ އެ މަސައްކަތް ވެސް މި ސަރުކާރުން ވެރިކަމަށް އައިފަހުން ހުއްޓިފައިވާ ކަމަށެވެ.