ރާއްޖެ ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރިތަކުން ކުރި މަސައްކަތް ސަރުކާރުން ގަބޫލެއްނުކުރޭ: ވަހީދު
ސަން
13 ޖޫން 2025 | ހުކުރު | 10:39
ދިވެހިރާއްޖެ މިއަދު މިއޮތް ހިސާބަށް ގެނައުމަށް ވިޔަފާރިތަކުން ކުރި ބުރަ މަސައްކަތް ސަރުކާރުން ގަބޫލުކުރާ ތަން ނުފެންނަ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
އެސްއެެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަމުން ވަހީދު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރާ ތަން ފެންނަނީ، އާންމުންގެ ވިޔަފާރިތަކާ ވަރަށް ބޮޑަށް ''ޖެހިގަނެގެން ނުވަތަ ވިޔަފާރިވެރީން ދެކެ ރުޅިއައިސްގެން'' އެކުލަވައިލާ ސިޔާސަތުތަކެއްގެ ގޮތުގައި ކަމަށެވެ.
އަދި ރާއްޖެ މި ހިސާބަށް ގެނައުމަށް މަސައްކަތްކުރެއްވި ވިޔަފާރިވެރީންނާއި ވިޔަފާރިތަކުން ކުރި މަސައްކަތް ސަރުކާރުން ގަބޫލުކުރާ ތަން ނުފެންނަކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.