ކަރަންސީ ސްވޮޕުން ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވު އިތުރުވުމަކީ ލިބުނު ހިތްހަމަޖެހުމެއް: އިންޑިއާ
ސަން
14 ޖޫން 2025 | ހޮނިހިރު | 1:06
އިންޑިއާއި ރާއްޖެއާ ދެމެދު ހަދައިފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް އިތުރުވެފައިވުމަކީ އެ ގައުމަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް އިންޑިއާއިން ބުނެފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން މިދިޔަ ބުރާސްފަތި ދުވަހު ދަމަހައްޓައިފައެވެ.
ފިޗުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވް މިހާރު އިތުރުވެފައިވާއިރު އޭގެ ސަބަބުތަކުގެ ތެރޭގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 24ގައި ހެދި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުން ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.