އުމުރުން 13 އަހަރުގައި ލޭ ހަދިޔާކުރި ގޮތަށް އަދިވެސް ޚިދުމަތުގައި ދެގޮތެއްނުވެ!

ސަން

14 ޖޫން 2025 | ހޮނިހިރު | 10:24

އެއީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާތެރޭގައެވެ. އުމުރުން 13 އަހަރުގެ ހުސައިން ނަދުވީއަށް ފެންނަނީ ގިނަ ބަޔަކު ޒަޚަމްވެ ވެއްޓިފައިވާ ތަނެވެ. ވަށައިގެން ލޭގެ ކޯރުތަކެވެ. އޭނާގެ ޅަ ހިތަށް ކެތެއް ނުވިއެވެ.

އޭނާއަށް ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް ވުމަށް އެމީހުން ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދަން ފެށިއެވެ. ހަށިގަނޑުން ކުޑަކޮށް ހުއްޓެއްކަމަކު ހިތްވަރު އެލުވައެއް ނުލިއެވެ. އޭނާގެ އުންމީދަކަށްވީ އެހީތެރިވުމެވެ. ބަލިމީހުން ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރު އެދުނީ އެމީހުންގެ ފުރާނަ ސަލާމަތް ކުރަން އެދޭނަމަ އޭނާގެ ހަށިގަނޑުން ލޭ ހަދިޔާ ކުރުމަށެވެ.

"އެއްވެސް ޖެހިލުމެއް ނެތި އަޅުގަނޑު އެދުވަހު ލޭ ދިނިން. އޭގެ ފަހުން މިއަދާ ހަމައަށް ގަވާއިދުން ލޭ ދެނީ. އެދުވަހު ހިތަށް އެރި މީހުންގެ ފުރާނަ ސަލާމަތްކުރަން ކުރެވުނު ކަމެއް އަޅުގަނޑު ކުރާނަމޭ،" ލޭ ހަދިޔާކުރުމުގެ މަސައްކަތް ފެށުނު ގޮތް ނަދުވީ ކިޔައިދިނެވެ.

މައުޟޫޢުތަށް