އެމްއެންޔޫއާއި ސޮނީ ގުޅިގެން މަސްވެރިކަމުގެ ސަގާފަތާ ގުޅުންހުރި ސެމިނާއެއް ބާއްވައިފި

ސަން

15 ޖޫން 2025 | އާދިއްތަ | 12:37

ދިވެހިރާއްޖޭގެ ގައުމީ ޔިނިވާސިޓީ އެމްއެންޔޫއާއި ސޮނީ ފިޝިން ގުޅިގެން ސައިންސާއި ތިމާވެށި ރައްކާތެރިކުރުމާއި މަސްވެރިކަމުގެ ސަގާފަތާއި ގުޅުންހުރި ސެމިނާއެއް ބާއްވައިފިއެވެ.

އެމްއެންޔޫގެ ސެންޓްރަލް އޭރިއާ އޮޑިޓޯރިއަމްގައި ބޭއްވި އެ ސެމިނާގައި ރާއްޖޭގެ މަސްވެރިކަމާ ގުޅޭ މައުލޫމާތު ވަނީ ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ.

އެގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ބާނައި އުޅޭ މަހުގެ ބާވަތްތަކާއި މަސްވެރިކަން ކުރުމަށް ދިވެހީން ބޭނުންކުރަމުން އަންނަ އުކުޅުތަކާ ބެހޭގޮތުން ވަނީ ވަރަށް ތަފްސީލުކޮށް މައުލޫމާތު ފޯރުކޮށްދީފައެވެ.

މައުޟޫޢުތަށް