ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން އެއް ދުވަހުން ނިންމާލައި، ހުކުމާ ހަމައަށް

ސަން

15 ޖޫން 2025 | އާދިއްތަ | 6:39

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުން މިއަދު ފަށައި، ހަމަ މިއަދު ނިންމާލައިފިއެވެ.

ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

އެ މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މާރިޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

މައުޟޫޢުތަށް