އުއްތަމަފަނޑިޔާރަށް ގަނޑުކޮށް 500،000 އާއި މަހަކު 70،000 ރުފިޔާ ދޭން އެދިއްޖެ

ސަން

15 ޖޫން 2025 | އާދިއްތަ | 3:20

ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން އިތުރު އެލަވަންސްތަކެއް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެއެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު 'ހުއްޓުވާލި'ކަމަށް ތުހުމަތުކުރެވިފައި އޮއްވައި މުއުތަސިމް ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފައެވެ. އެ މަނިކުފާނުގެ ރިޓަޔާމަންޓާ މެދު ޖޭއެސްސީން އަދި ވަކި ގޮތެއް ނުނިންމައެވެ.

މައުޟޫޢުތަށް