މުއުތަސިމަށް މަހަކު 70،000 ރުފިޔާ ދޭން ފިނޭންސްގެ ލަފާ ހޯދަނީ
ސަން
16 ޖޫން 2025 | ހޯމަ | 11:17
އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން ލިބޭ އެލަވަންސް ބޮޑުކުރަން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު 'ހުއްޓުވާލި'ކަމަށް ތުހުމަތުކުރެވިފައި އޮއްވައި މުއުތަސިމް ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފައެވެ. އެ މަނިކުފާނުގެ ރިޓަޔާމަންޓާ މެދު ޖޭއެސްސީން އަދި ވަކި ގޮތެއް ނުނިންމައެވެ.
އެކަމަކު، އެ މަނިކުފާނަށް އިތުރު އިނާޔަތްތަކެއް ދޭން އެ ކޮމިޝަނުން އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.