އިގުތިސާދު ވަރުގަދަ، އިންވެސްޓްމެންޓް ގެންނަން މާލީ އިސްލާހުތައް ދަނީ ގެންނަމުން: ޑރ. ވަހީދު
ސަން
17 ޖޫން 2025 | އަންގާރަ | 1:57
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް ކަމަށާއި، އިންވެސްޓްމެންޓް ގެންނަން މާލީ އިސްލާހުތައް ގެންނަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަހީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ޑރ. ވަހީދު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިސްލާހީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމަށެވެ.