ހޭލެވުނީ ސައިރަންގެ އަޑަށް؛ ހަނގުރާމައިގެ މެދުގައި ދިވެހީންތަކެއް ތާށިވެފައި!
ސަން
17 ޖޫން 2025 | އަންގާރަ | 4:20
ރޭގަނޑުގެ ނިދިން ހޭލައްވާލީ ސައިރަންގެ އަޑުންނެވެ. ބިރުވެރިކަމުގެ ތެރެއަށެވެ. މިއީ ބިލީ ޖީން ކިންގް ކަޕް ނުވަތަ ޓެނިސް ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިވެރިވާން ޖޯޑަންގައި ތިބި ދިވެހީންނަށް މިއަދު ކުރަން ޖެހުނު ތަޖުރިބާއެވެ. ޖޯޑަން އޮންނަނީ އިޒްރޭލާއި އީރާނާ ދެމެދުގައެވެ.
ދެ ގައުމުގެ ހޫނު ހަނގުރާމަ ހިނގަނީ އެ މީހުންގެ ބޯމަތީގައެވެ. މިސައިލުތަކާއި ޑްރޯންތައް ދަތުރުކުރަނީ ޖޯޑަން މަތިންނެވެ. އެ މީހުން ތިބީ އެ ތަނުގައި ތާށިވެފައެވެ. ވައިގެ ސަރަަހައްދު ބަންދުކޮށްފައިވުމާއެކު ފްލައިޓްތައް ކެންސަލްވަނީއެވެ. އެ ގައުމަށް ދަތުރުކުރަނީ ވެސް ރޯޔަލް ޖޯޑޭނިއަންއިން އެކަންޏެވެ.
"މާލެ ދެވޭނެކަމުގެ ޔަގީންކަމެއް ވެސް އަދި ނެތް. ހާލަތު މި ދަނީ ގޯސްވަމުން،" ޖޯޑަންއަށް ޓެނިސް ޓީމާ އެކު ދަތުރުކުރި ބެލެނިވެރިއަކު 'ސަން'އަށް އެ ތަޖުރިބާ ކިޔައިދިނެވެ.