ޔުމްނު ގެޔަށް ދޫކޮށްލި ނަމަވެސް އޮތީ ބަޔާން ދެވޭ ހާލަތަކުއެއް ނޫން: އާއިލާ
ސަން
17 ޖޫން 2025 | އަންގާރަ | 4:38
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ފަރުވާއަށް ފަހު ގެއަށް ދޫކޮށްލި ނަމަވެސް އަދި އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލެއްގައި ނޫން ކަމަށް އާއިލާގެ ފަރާތުން މިއަދު ބުނެފިއެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު, އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
'ސަން' އާ ވާހަކަދެއްކި ޔުމްނުގެ ބޭބެ މޫމިން މައުމޫން ބުނި ގޮތުގައި ޔުމްނު ގެއަށް ދޫކޮށްލީ މީގެ ހަފުތާއެއް ކުރިންނެވެ. ނަމަވެސް ޔުމްނު އަދިވެސް އޮތީ ބަޔާން ދެވޭ ހާލަތަކުއެއް ނޫން ކަމަށް އޭނާ ބުންޏެވެ.