ޝެއިޚް ނިޝާނާއި ފަޒްލޫންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި

ސަން

17 ޖޫން 2025 | އަންގާރަ | 6:46

ދެހާސް ބާވީސް ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ދައުލަތުން ކުރި ޓެޓަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ދައުލަތުން މުޅި ޖުމުލަ 18 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނަމަވެސް މިހާރު ދޫކޮށްލައިފައިވާ ދެ ޝެއިހުންނަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.

މައުޟޫޢުތަށް