ކައުންސިލް އޮނިގަނޑަށް ބަދަލު އައުމުން އިންތިޚާބަށް ބަދަލު އަތުވެދާނެ: އީސީގެ ރައީސް

ސަން

18 ޖޫން 2025 | ބުދަ | 10:30

ކައުންސިލްތަކުގެ އޮނިގަނޑަށް ބަދަލެއް އައިސްފިނަމަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބު ކުރާ ގޮތަށް ބަދަލެއް އަތުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ޒާހިދު ވިދާޅުވީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮނިގަނޑަށް ބަދަލު އަންނަކަމުގެ ވާހަކަތައް މީޑިއާ މެދުވެރިކޮށް އަޑުއިވޭ ކަމަށެވެ. އެ ބަދަލުތައް އަންނަކަން އެނގުމަކީ އިންތިޚާބަށް މީހުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތަށް ބޮޑު މައުލޫމާތަކަށް ވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުންނަށް އެންމެ ފަސޭހަކުރުމަށްޓަކައި ކެންޑިޑެސީ ޑިޖިޓަލްކޮށް ބަލައިގަންނަން ވިސްނާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް