ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ފުރުސަތު ނުދިނުމުން ހުށަހެޅި މައްސަލަ ބަލައިގެންފި

ސަން

18 ޖޫން 2025 | ބުދަ | 10:26

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރާތްކުރުމުގެ ފުރުސަތު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އަށް ހެލްތު މިނިސްޓްރީން ނުދިނުމުން ހުށަހެޅި އިމްތިޔާޒާއި ސުލޫކީ މައްސަލަ މަޖިލީހުގެ އިއްތިފާގުން ބަލައިގެންފިއެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި 55 މެންބަރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ.

އެއާއެކު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ތާއިދުކުރައްވައިފައެވެ.

މައުޟޫޢުތަށް