މާލޭގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ޚަރަދުވޭ

ސަން

18 ޖޫން 2025 | ބުދަ | 6:14

މާލެ ސިޓީގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓާލައިފިނަމަ، ކުނި އުކާލުމަށް ޚަރަދުވާ 60 މިލިއަން ރުފިޔާއިން ޕާކުތަކާއި މައިޒާންތަކާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ކުރޭވެނެ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ، މި ސިޓީގައި ދިރިއުޅޭ މީހުންނަށް ސާފު މާލެއެއް ހޯދައި ދިނުމަށް، އެ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުންދީ ކުނި ނޭޅުމަށް އިލްތިމާސްކުރައްވައިފައެވެ.

މައުޟޫޢުތަށް