ޚިދުމަތަކަށް އެދިފައި 'ދަންނަ މީހުންނަށް' ގުޅުން މަދުކުރާނަން: އިހުސާން
ސަން
19 ޖޫން 2025 | ބުރާސްފަތި | 11:19
ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ތެރެއިން ކުންފުނިތަކުން ޚިދުމަތަކަށް އެދިފައި އެ ތަނުގައި ތިބޭ 'ދަންނަ މީހުންނަށް' ގުޅުން މަދުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ޚިދުމަތަކަށް އެދިފައި އެ ކުންފުންޏެއްގައި ހުންނަ 'ދަންނަ މީހަކަށް' ގުޅާތީ ކަމަށެވެ.
އެގޮތުން، ޑިޖިޓަލްކުރުމުގެ ތަޞައްވުރުގެ ތެރެއިން އެކަން މިހާރަށް ވުރެ މަދުކުރާނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ.