ކުނި މެނޭޖުކުރުމާ ގުޅޭ މަޝްވަރާތައްކުރަން، އަންނަ މަހު ގައުމީ މަހާސިންތާއެއް ބާއްވަނީ

ސަން

19 ޖޫން 2025 | ބުރާސްފަތި | 6:15

ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި 'މަގޭ ސާފުރާއްޖެ ގައުމީ މަހާސިންތާ 2025' އަންނަ މަހުގެ 20ގައި ބާއްވަން ނިންމައިފިއެވެ.

އެ މަހާސިންތާއަށް ޚާއްސަކޮށް މިއަދު ބޭއްްވި ރަސްމިއްޔާތެއްގައި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި ވެބްސައިޓާއި ސޯޝަލްމީޑިއާ ހޭންޑްލްތައް އިފުތިތާހު ކޮށްދެއްވައިފައެވެ. އަދި މަހާސިންތާ ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް"އާ ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ ޕްރޮގްރާމްގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މައުޟޫޢުތަށް