ސަން ސިޔާމް ގުރޫޕުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ވިލުރީފްގައި ބާއްވައިފި
ސަން
19 ޖޫން 2025 | ބުރާސްފަތި | 9:22
ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ލޭ ހަދިޔާކުރުމުގެ ހަރަކާތް ސަން ސިޔާމް ވިލުރީފްގައި މިއަދު ބާއްވައިފިއެވެ.
ސަން ސިޔާމް ގްރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަމުންނެވެ. އެ ގޮތުން، މި އަހަރުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އޮޅުވެލިންނެވެ.
ދެވަނަ ހަރަކާތް މިދިޔަ މަހު 29 ގައި ސަން ސިޔާމް އިރުވެލި ރިސޯޓުގައި ބާއްވައިފައިވާއިރު, ތިން ވަނަ ހަރަކާތް ބޭއްވީ އިރުފުށީގައި މިމަހުގެ އަށް ވަނަ ދުވަހެވެ.