ނަޝީދު އެމްޑީޕީއާ ގުޅުމުގެ ހަފުލާއަށް ސަރުކާރުން ތަނެއް ނުދޭނަމަ، ބާއްވާނީ މުލިއާގެ ކައިރީ: ފައްޔާޒު

ސަން

19 ޖޫން 2025 | ބުރާސްފަތި | 8:56

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވަން ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، އެ ހަފުލާ ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރީގައި ބާއްވަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވެ، އެ ޕާޓީގެ ރައީސް ކަމުގައި އަހަރުތަކެއް ހޭދަކުރެއްވި ނަޝީދު 2023ގައި އެމްޑީޕީން ވަކިވެވަޑައިގަތީ އޭރު އޮތް އެމްޑީޕީގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، އޭރު ނަޝީދު ވަނީ އެމްޑީޕީ ސަރުކާރަށް ކޮރަޕްޝަނާއި އެކި ކަހަލަ ތުހުމަތުތައް ކުރައްވައިފައެވެ.

އެއަށްފަހު އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ދަ ޑިމޮކްރެޓްސް އުފެއްދެވީއެވެ.

މައުޟޫޢުތަށް