ފައްޔާޒަށް ސަރުކާރުގެ ރައްދު: ހުއްދައާ ނުލައި އެއްވުންތައް ބޭއްވޭ ތަންތަން ބޭނުންކުރެވޭނެ

ސަން

19 ޖޫން 2025 | ބުރާސްފަތި | 11:10

އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކެއް ބާއްވަން މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރެއްވުމާ ގުޅިގެން، ހުއްދައާ ނުލައި އެއްވެ އުޅުމުގެ ފުރުސަތު މިހާރު ފުޅާކޮށްދީފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ރައްދުދެއްވައިފިއެވެ.

ފައްޔާޒް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަތުން ފާހަގަކުރުމަށާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ހުރަސް އަޅާތީ ތަނެއް ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްދުގައި ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށާއި ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މައުޟޫޢުތަށް