ދައޫދު މަގާމުން ވަކިކުރި ގޮތަށް އަމީނާއި އިހުސާނަށް ފިޔަވަޅު އަޅަންޖެހޭ: ޔާމީން
ސަން
20 ޖޫން 2025 | ހުކުރު | 11:12
ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތަހުގީގަށް ދޮގު ބަޔާން ދިނުމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އަހުމަދު ދާއޫދު ވަކިކުރި ގޮތަށް އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި މައްސަލައިގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް އޮތީ އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައެވެ.
އަމިއްފުޅު ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ޔުމްނުގެ މައްސަލައިގައި ވާހަކަފުޅުދައްކަވާފައެވެ. އެ ގޮތުން، އެ މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރިޕޯޓު ނެރުނު ނަމަވެސް ޔުމްނު ވެއްޓުނު ސަބަބު ސާފުނުވާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.