އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ކަމަށް ބުނެ ސްކޭމްތަކެއް ހިންގަނީ، ސަމާލުވޭ

ސަން

20 ޖޫން 2025 | ހުކުރު | 12:11

އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ކަމަށް ބުނެ ސްކޭމްތަކެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.

'މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު' ކިޔާ ފޭސްބުކް ޕޭޖަކުން ވަނީ އާރްޓީއެލްގެ އެނިވާސަރީއާ ގުޅިގެން ހަ މަހުގެ މުއްދަތަކަށް ހިލޭ 35.58 ރުފިޔާ ދައްކައިގެން ދަތުރުކުރެވޭ ސްމާޓް ޕާސް ކާޑެއް ޕްރޮމޯޓުކޮށްފައެވެ. އަދި، އެ ޕޯސްޓުގައި ލިންކެއް ފޮލޯ ކުރުމަށް ވަނީ އެދިފައެވެ.

އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޓީސީސީން ވަނީ އެ ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މައުޟޫޢުތަށް