ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ދަށްވެ، މުސާރައަށް ކުރި ހޭދަ އަނެއްކާވެސް ބޮޑުވެއްޖެ
ސަން
21 ޖޫން 2025 | ހޮނިހިރު | 12:45
ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ދަށްވެފައިވީ ނަމަވެސް މުސާރައަށް ކުރި ޚަރަދު މަހުން މަހަށް އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މިއަހަރު ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާއި އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.
ދައުލަތުގެ ޚަރަދު ދަށްވެފައިވީއިރު، ރައްޔިތުންގެ އުންމީދުތައް ގުޅިފައިވާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ބޮޑު ތަނުން ދަށެވެ. ނަމަވެސް މުސާރައަށް ކުރި ހޭދަ ވަނީ މަހުން މަހަށް އިތުރުވެފައެވެ.