ބޮޑު ހަނގުރާމައިގެ މެދަށް ތާށިވި ދިވެހި ޓެނިސް ޓީމް، ރާއްޖެ އަތުވެއްޖެ
ސަން
21 ޖޫން 2025 | ހޮނިހިރު | 3:35
އީރާނާއި އިޒްރޭލުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އެ ގައުމުގައި ތާށިވި ގައުމީ އަންހެން ޓެނިސް ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ގައުމީ އަންހެން ޓެނިސް ޓީމު 'ބިލީ ޖީން ކިންގް ކަޕް' ނުވަތަ ޓެނިސް ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިވެރިވާން އުރުދުންއަށް ދިޔައީ މިމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.
އެ ރޭ އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާ ދިނުމުން ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށިއެވެ. އީރާނާއި އިޒްރޭލުން ފޮނުވާ މިސައިލްތައް ދަނީ އުރުދުންގެ މަތިން ކަމަށްވާތީ، އެ ގައުމުގެ ވައިގެ ދަތުރުތައް ކެންސަލް ކުރިއެވެ. އޭގެ ސަބަބުން އެހެން ގައުމުތަކުގެ ޓެނިސް ޓީމުތަކަށް އުރުދުންއަށް ނުދެވި، މުބާރާތް ވެސް ކެންސަލް ކުރީއެވެ.