އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ޚަލީލް ތުރުކީއަށް
ސަން
21 ޖޫން 2025 | ހޮނިހިރު | 4:40
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ތުރުކީގެ ވެރި ރަށް އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް މަރުހަބާ ދެންނެވި ކަމަށެވެ.
އަދި މިނިސްޓަރު ވަނީ ތުރުކީ ސަރުކާރުން ދިން ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.